ކުރިޔަށް އޮތް ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހިލޭ މަސްކޭހެއް ދެނީ

ކުރިޔަށް އޮތް ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހިލޭ މަސްކޭހެއް ދެނީ

Author
ހުސައިން
17 ނޮވެމްބަރ 2024 10:26
0

ކުރިޔަށް އޮތް ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށްވެސް ހިލޭ މަސްކޭހެއް ދެއްވާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހު ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް ހިލޭ މަސް ކޭހެއް ދެއްވުމަށް މިފްކޯއަށް އަންގަވާފައިވާނެ ކަމުގައެވެ.

ފާއިތުވި އަހަރު ސަރުކާރުން ދެއްވީ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ. އޭރު މި ހަދިޔާ ދޫކުރެވުނީ ޑޮމެސްޓިކް ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު، އަދި ހަދިޔާ ބަލައިގަންނަ ފަރާތުގެ އައިޑީ ކާޑު ނަންބަރު ނޯޓުކުރުމަށްފަހުގައެވެ.

މިދިޔަ އަހަރުގެ ރޯދަ ހަދިޔާ ދެއްވުމުގެ ޕްރޮގްރާމް އިއުލާނުކުރެއްވީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ނޫސްވެރިންނާ ބައްދަލުކުރެއްވި ބައްދަލުވުމެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.