ފާއިތުވެދިޔައީ ރައީސް މުއިއްޒު ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެއްވި އަހަރެއް: އަބުުއްރަހީމް

ފާއިތުވެދިޔައީ ރައީސް މުއިއްޒު ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެއްވި އަހަރެއް: އަބުުއްރަހީމް

Author
ހުސައިން
17 ނޮވެމްބަރ 2024 07:04
0

ފާއިތުވި އަހަރު ތެރޭގައި ރައީސް މުއިއްޒު ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާ އަހަރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

އަބުދުއްރަހީމް މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް މިއަދު އެއް އަހަރު ފުރުނު ދުވަހާ ގުޅިގެން، ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، މި ކާމިޔާބީތަކުގެ ތެރޭގައި އަތްލެވޭ އަދި ލޮލަށް ފެންނަ ކާމިޔާބީތަކެއް ނުހިމެނުނު ނަމަވެސް، ރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަން ޔަޤީންކުރުމަށާއި، ދީނީ ވަޙުދަތު ހިމާޔަތްކޮށް ޤައުމިއްޔަތު ކުރިއެރުވުމާއި މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

އަންނަ އަހަރަކީ ރައްޔިތުންނަށް ލޮލަށް ފެންނަ، އަތްލެވޭ ތަރައްޤީގެ އަހަރަކަށް ވާނެކަމުގެ ޔަޤީންކަން އޮތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެގޮތުން، އަންނަ އަހަރުގެ ބަޖެޓު މިހާރު މަޖިލީހުގައި އޮތުމާއެކު، ބަޖެޓުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށި، ބައެއް ވައުދުތައް ފުއްދަވައިދެއްވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ރައީސް މުއިއްޒުގެ ވެރިކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް މަޖިލީހުގެ ތެރެއިން ބޭނުންވާ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަންވެސް އަބްދުއްރަހީމް ދެއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.