މީޑިއާގެ ބިލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދާ ދޭނަން: އުޝާމް

މީޑިއާގެ ބިލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދާ ދޭނަން: އުޝާމް

Author
ހުސައިން
17 ނޮވެމްބަރ 2024 02:59
0

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ނޫސްވެރިން ޖޫރިމަނާކުރުމުގެ ބިލާ ގުޅިގެން ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، ދެއްވާއިފިއެވެ.

މިކަން އޭޖީ އޮފީހުން ހާމަކުރީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭޖީ އުޝާމް ވަނީ މިއަދު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާ ބައްދަލުކުރައްވައި، މަޖިލީހަށް ހުށަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތަކަށް އިސްކަންދެއްވައި އަޑުއައްސަވާފައެވެ.

މި ބައްދަލުވުމުގައި އޭޖީގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މި ބިލަކީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލެކެވެ. މި ބިލުގައިވާ ގޮތުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ މީޑިއާތައް 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވަކިވަކި ނޫސްވެރިންނަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.