ކުނި މެނޭޖުކުރަން ވެމްކޯއިން އިތުރު ރިސޯޓްތަކާއެކު ސޮއިކޮށްފި

ކުނި މެނޭޖުކުރަން ވެމްކޯއިން އިތުރު ރިސޯޓްތަކާއެކު ސޮއިކޮށްފި

Author
ހުސައިން
17 ނޮވެމްބަރ 2024 02:46
0

ވެމްކޯގެ ރިސޯޓުތަކުން ކުނި ނަގައިދިނުމުގެ ޚިދުމަތް "ފަތުރުވެށި" ޚިދުމަތާއި އިތުރު 3 ރިސޯޓެއް ގުޅިއްޖެ އެވެ. މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ.

މި ޚިދުމަތާ އަލަށް ގުޅުނު 3 ރިސޯޓަކީ މަލާހިނި ކުޑަބަނޑޮސްް މޯލްޑިވްސްއާއި، ޖުމައިރާ އޮޅަހަލި މޯލްޑިވްސްއާއި މޫވެންޕްކް ކުރެދިވަރު މޯލްޑިވްސް އެވެ.

ވެމްކޯއިން ރިސޯޓުތަކުން ކުނި ނަގައިދިނުމުގެ ޚިދުމަތް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ.

ވެމްކޯ އިން ބުނީ ރިސޯޓް ކަލެކްޝަންގެ ޙިދުމަތް ފެށީ ރިސޯޓްތަކުން، ވެމްކޯގެ ސަރަޙައްދީ ޓްރާންސްފާ ސްޓޭޝަންތަކަށް ކުނި ގެންދިޔުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭތީ، މި މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށެވެ. މި ޙިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.