ޓޫރިޒަމް އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ޓޫރިޒަމް އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

Author
ހުސައިން
17 ނޮވެމްބަރ 2024 02:42
0

ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފައިވާ ތިންވަނަ މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މަހުގެ 14 ވަނަ ދުވަހަށް ހަމަޖެހިފައި އޮތް ސުންގަޑި މިހާރު ވަނީ 28 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް ބަދަލުކޮށްފައެވެ.

އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓުހައުސްތަކާއި، ސަފާރީތަކާއި، ޓްރެވެލް އެޖެންސީތަކަށް ހުޅުވާލާފައިވާއިރު، ފަސް ކެޓަގަރީއަކުން 23 އެވޯޑެއް ދިނުމަށް މިނިސްޓްރީން ނިންމާފައިވެއެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އޮންލައިންކޮށް ކަމަށްވާއިރު، 2023 ވަނަ އަހަރުގެ ޖޫން މަހުގެ 1 އިން 2024 ވަނަ އަހަރުގެ މޭ މަހުގެ 31 ގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާނެއެވެ.

މިދިޔަ އަހަރު ފަސް ދާއިރާއަކުން 59 އެވޯޑަށް ހުޅުވާލި ފުރުސަތުގައި އެކި ކެޓަގަރީތަކުން 88 ފަރާތަކުން 225 އެޕްލިކޭޝަން ހުށަހެޅިއެވެ. އޭގެތެރެއިން 31 ފަރާތަކަށް ވަނީ އެވޯޑު ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.