ގުރައިދޫގައި އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފި

ގުރައިދޫގައި އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފި

Author
ހުސައިން
17 ނޮވެމްބަރ 2024 02:37
0

ތ. ގުރައިދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠަޢާމު މުޙައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަޙްމަދު ސައުދީ އެވެ.

މި މަޝްރޫޢުގެ ދަށުން ގުރައިދޫގައި އެއާޕޯޓެއް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި، އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫޢު ފުރިހަމަވުމުން، އެ ރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ އިޤްތިޞާދަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.