ރާއްޖޭގެ ސަރަހައްދަށް ވަގަށް ވަދެ އުޅުނު ބޯޓެއް ޑްރޯންގެ އެހީގައި ހޯދައިފި

ރާއްޖޭގެ ސަރަހައްދަށް ވަގަށް ވަދެ އުޅުނު ބޯޓެއް ޑްރޯންގެ އެހީގައި ހޯދައިފި

Author
ހުސައިން
16 ނޮވެމްބަރ 2024 09:58
0

އެމްއެންޑީއެފްގެ އެއާ ކޯގެ ޑްރޯނާއި ކޯސްޓްގާޑު ގުޅިގެން ރާއްޖޭގެ އުތުރު ސަރަހައްދު ބެލެހެއްޓުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަހައްދުގައި އުޅުނު ބޭރު ގައުމެއްގެ ބޯޓެއް ހޯދައިފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބޯޓު ޑްރޯނުން ލޮކޭޓްކުރުމާ ގުޅިގެން ކޯސްޓްގާޑުން އިންޓަރސެޕްޓްކޮށް، މިހާރު ވަނީ އެ ފަރާތުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިއީ މި ސަރުކާރުން އެމްއެންޑީއެފްގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއާ ކޯގެ ވިންގަށް ބޮޑު އަގުގައި ހޯދި ޑްރޯންތަކުގެ އެހީގައި ހިންގި އޮޕަރޭޝަނެކެވެ.

ނަމަވެސް މި އޮޕަރޭޝަންތައް މިހާރު ކުރިއަށްދޭތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.