ސައިކަލެއްގެ މަޑިދަށުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހާ ދޫކޮށްލައިފި

ސައިކަލެއްގެ މަޑިދަށުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހާ ދޫކޮށްލައިފި

Author
ހުސައިން
15 ނޮވެމްބަރ 2024 09:57
0

ކްރިމިނަލް ކޯޓުން ވަނީ ސައިކަލެއްގެ މަޑިދަށުން 442،750 ރުފިޔާ ވަގަށް ނެގިކަމަށް ބުނެ ސެޕްޓެމްބަރު 12 ވަނަ ދުވަހު ހައްޔަރުކުރެވުނު ޖަހަންގިރު އާލަމް ދޫކޮށްލައިފައެވެ. ފުލުހުން އެދިގެން އޭނާ ދޫކޮށްލާފައިވަނީ ޝަރުތުކުރުމަށްފަހުގައެވެ.

ބުރާސްފަތި ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ގެންގޮސް، ބަންދުގައި ބެހެއްޓުމަށް އެދިފައިވަނީ ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ރިޢާޔަތްކޮށެވެ. އެހެންނަމަވެސް ކޯޓުން ބުނެފައިވަނީ، މައްސަލައިގައި މިހާރު ކުރަން ހުރި މަސައްކަތްތަކަށާއި ލިބިފައިވާ ހެކިތަކަށް ބަލާއިރު، އޭނާއަށް އެ ކަންކަމަށް ނުފޫޒު ފޯރުވޭނެކަމަށް ނުބެލެވޭ ކަމަށެވެ.

ޖަހަންގިރުގެ 2012 ވަނަ އަހަރުގެ ހައްޔަރު ރެކޯޑެއް އޮތް އިރު، މި މައްސަލައިގައި ހައްޔަރުކުރެވުނު ފަހުން ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރެވުނީ 8 ވަނަ ފަހަރަށެވެ. އަދި މިހާތަނަށް 60 ދުވަސް ވަނީ ބަންދުގައި ހޭދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.