ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 8 ބިން ވިއްކަން ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 8 ބިން ވިއްކަން ހުޅުވާލައިފި

Author
ހުސައިން
14 ނޮވެމްބަރ 2024 07:02
0

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 8 ބިން ވިއްކަން ހުޅުވާލައިފިއެވެ.

މީގެ ތެރެއިން ބީޗް ފްރަންޓުން ވިއްކާ 2 ބިމަކީ 1708 އަކަފޫޓު އަދި 1737 އަކަފޫޓުގެ ބިންތަކެވެ. އަދި ބީޗް ސައިޑުން ވިއްކާ 6 ބިމުގެ ބޮޑުމިނަކީ 1513 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ އަދަދުތަކެކެވެ.

މި ބިންތައް ވިއްކަނީ ހަމައެކަނި ދިވެހިންނަށެވެ. އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް އަދި 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބީލަން ހުށަހެޅިދާނެއެވެ. ބީޗް ފްރަންޓް ބިންތަކުގެ ފެށޭ އަގަކީ އަކަފޫޓަކަށް 4,500 ރުފިޔާ އަދި ބީޗް ސައިޑް ބިންތަކުގެ ފެށޭ އަގަކީ އަކަފޫޓަކަށް 4,000 ރުފިޔާއެވެ. އެއް ފަރާތަކަށް އެއް ބިމަށްވުރެ ގިނަ ބިމަށް ބީލަން ހުށަހެޅިދާނެއެވެ.

ބިންތަކުގެ މަޢުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލްއިން ލިބެން ހުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.