ތަނަވަސްކަން ނެތް ރައްޔިތުންގެ މަސްލަހަތު ކުރިއަރުވަން ނޭދޭ ސިޔާސީ ވެރިންގެ އަސްލު ސިފަ ދާނީ ހާމަވަމުން ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޙައްމަދު މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ސަބްސިޑީތަކާއި އިނާޔަތްތަކަށް ގެންނަން ނިންމި ބަދަލުތަކާއި، ރިސޯޓުތަކުގެ ޑޮލަރު ރާއްޖޭގެ ބޭންކުތަކުން މާރުކުރުމަށް ނެރުނު ގަވާއިދާ ގުޅިގެން ހިންހަމަނުޖެހުންތަކެއް އުފެދިފައި ވަނިކޮށެވެ.
ރައީސް ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ، ތަނަވަސްކަން ނެތް ރައްޔިތުންގެ މަސްލަހަތު ކުރިއަރުވަން ނޭދޭ ސިޔާސީ ވެރިންގެ އަސްލު ސިފަ ރައްޔިތުންނަށް ހާމަވަމުންދާކަމަށެވެ.
ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!
— Dr Mohamed Muizzu (@MMuizzu) November 14, 2024
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުން ކުރިއަށްދާނީ ހުރިހާ ރައްޔިތުންނަށް އިންސާފުވެރި ގޮތެއްގައި ތަނަވަސްކަން ހޯދައިދިނުމުގައި ކަމަށެވެ. އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކުރުމަށް ކުރިން ނުކުރެވުނު ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.