ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

Author
ހުސައިން
12 ނޮވެމްބަރ 2024 10:29
0

އާދިއްތަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ކަސްޓަމްސްއިން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި 2282 ގްރާމުގެ ކެނަބިހާއި 1038 ގްރާމުގެ ކެތިނޯން ހިމެނެއެވެ.

ޖުމުލަ 3.3 ކިލޯގެ މަސްތުވާތަކެތި ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވާއިރު، އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، ވޭތުވެދިޔަ މަހުގެ 21 ވަނަ ދުވަހު ދިވެހި ފުލުހުން ވަނީ ފަޅުރަށަކުން 163 ގްރާމުގެ މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.