އައު ސެކިއުރިޓީ ފީޗަރތައް ހިމެނޭ ޑޮމެއިންއަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

އައު ސެކިއުރިޓީ ފީޗަރތައް ހިމެނޭ ޑޮމެއިންއަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ގުޅުންހުރި

އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސް، އައު ސެކިއުރިޓީ ފީޗަރތައް ހިމެނޭ ޑޮމެއިންއަށް ބަދަލުކުރުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިފައެވެ.

ޑޮމެއިން ޚިދުމަތުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި، އައު ސެކިއުރިޓީ ފީޗަރތަކާއެކު ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ތަޢާރަފްކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިގޮތުން ނޮވެމްބަރު 17 އިން ފެށިގެން 60 ދުވަހުގެ ތެރޭގައި، ކުރިން ދޫކޮށްފައިވާ ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ނުވަތަ ފައިސާ ދެއްކި ކަމުގެ ރަސީދު މިނިސްޓްރީއަށް ހުށަހަޅައި، އަލަށް ތަޢާރަފްކުރާ ސެޓްފިކެޓާއި ހުއްދައަށް ބަދަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިދުމަތަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަތްކަމުގެ ލިޔުމެއް މިނިސްޓްރީން ދޫކުރާނެއެވެ. މި ޚިދުމަތަށް އެދި ހުށަހަޅަންޖެހޭނީ ކަނޑައެޅިފައިވާ ފޯމާއެކު domains@transport.gov.mv އަށް ނުވަތަ ޑޮމެއިންގެ މަސައްކަތަށް ޚާއްޞަކޮށްފައިވާ ކައުންޓަރަށެވެ. ކައުންޓަރު ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން 13:00 އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ގްރައުންޑް ފްލޯގައެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 3343415 އަށް ގުޅުމަށް މިނިސްޓްރީން އަންގާފައިވެއެވެ.

60 ދުވަސް ހަމަވުމަށްފަހު، މިނިސްޓްރީން ބަލައިގަންނާނީ "އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދު"ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ އެކަނިކަން މިނިސްޓްރީން ވަނީ އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ