ކާރިސާތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ޚާއްސަ ފައިނޭންސިން ޕެކޭޖެއް އޭޑީބީން ރާއްޖެއަށް ހަމަޖައްސައިފި

ކާރިސާތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ޚާއްސަ ފައިނޭންސިން ޕެކޭޖެއް އޭޑީބީން ރާއްޖެއަށް ހަމަޖައްސައިފި

Author
ހުސައިން
11 ނޮވެމްބަރ 2024 08:24
0

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން ރައްކާތެރިކަން ހޯދުމަށް ފިޔަވަޅު އެޅުމަށާއި ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިކަން ހޯދުމަށް އޭޝިއަން ޑިވެލޮޕްމަންޑް ފަންޑުން ރާއްޖެއަށް 21.95 މިލިއަން ޑޮލަރުގެ ފައިނޭންސިން ޕެކޭޖެއް ހަމަޖައްސައިފިއެވެ.

އޭޑީބީއިން ވިދާޅުވެފައިވަނީ އެ ބޭންކުން ރާއްޖެއަށް 21.95 މިލިއަން ޑޮލަރުގެ ފައިނޭންސިން ޕެކޭޖެއް ހަމަޖައްސާފައިވާ ކަމަށެވެ. އެ ޕެކޭޖްގެ ދަށުން ހަތަރު މިލިއަން ޑޮލަރު ދެނީ ލޯނެއްގެ ގޮތަށް ކަމަށާއި 17.95 މިލިއަން ޑޮލަރު އެއީ އޭޝިއަން ޑިވެލޮޕްމަންޓް ފަންޑުގެ ދަށުން ދޭ ގްރާންޓެއް ކަމަށް އޭޑީބީން ވިދާޅުވެފައިވެއެވެ.

އެ ފައިސާގެ ދެނީ ރާއްޖޭގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުތައް ވަރުގަދަކުރުމަށާއި ކާބޯތަކެތީގެ ނިޒާމުގެ ދެހެމެއްޓެނެވިކަން ހޯދުމުގެ މަސައްކަތަތަށް ކަމަށް ވެސް އޭޑީބީން ވިދާޅުވެފައިވެއެވެ.

އެގޮތުން ކާރިސާތަކުން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމުގެ ތެރޭގައި މެޓްގައި މިހާރު ހުރި ވަސީލަތްތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރުމަށާއި ރިއަލް ޓައިމް ވެދާ މޮނިޓަރިން ނިޒާމަކާއި އާލީ ވާނިން ސިސްޓަމެއް ވެސް ހަރުކުރެވިގެންދާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމަށް ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިކަން ހޯދުމަށް ކްލައިމެޓް ސްމާޓް އާބަން ޕާމިންގެ ވަސީލަތްތައް ރާއްޖެއަށް ތައާރަފްކޮށް އެ ވަސީލަތްތައް ބޭނުންކުރާނެކޮށް ހއ. އަތޮޅާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ދަސްކޮށްދެވިގެންދާނެ ކަމަށް ވެސް އޭޑީބީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.