ތޫނު އެއްޗަކުން މީހަކަށް ބިރުދެއްކި މީހަކު ހައްޔަރު ކޮށްފި

ތޫނު އެއްޗަކުން މީހަކަށް ބިރުދެއްކި މީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
11 ނޮވެމްބަރ 2024 12:19
0

ތޫނު އެއްޗަކުން މީހަކަށް ބިރުދެއްކުމުގެ ތުހުމަތުގައި ގދ. ރަތަފަންދޫއަށް ނިސްބަތްވާ 34 އަހަރުގެ ފިރިހެނެއް ފުލުހުން ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ކުށް ކުރިކަމުގެ ހެކިތަކެއް ހުރުމާއެކު، ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ބަންދު އަމުރުގައިވާ ގޮތުން، އޭނާ ވަނީ ތުހުމަތުކުރެވޭ ކުށަށް އިންކާރުކޮށް، މި ޢަމަލު ހިންގީ ބަނޑުހައިވެފައި ހުރުމުން ކަމަށް ބުނެފައެވެ.

އަދި އޭނާއަކީ މީގެ ކުރިން ވެސް ހައްޔަރު/ބަންދުގެ ރެކޯޑް އޮތް މީހެއްކަން ވެސް ބަންދު އަމުރުން އެނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.