"ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި އެމްޑީޕީން ބޮޑު ޖަލްސާއެއް ބާއްވަނީ

"ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި އެމްޑީޕީން ބޮޑު ޖަލްސާއެއް ބާއްވަނީ

Author
ހުސައިން
11 ނޮވެމްބަރ 2024 12:05
0

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން "ފުދިއްޖެ، ފުނޑިއްޖެ" ގެ ނަމުގައި ބޮޑު ޖަލްސާއެއް މާދަމާ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ޖަލްސާ އޮންނާނީ ރޭ 8:30 ގައި ކަމަށް އެމްޑީޕީގެ ރަސްމީ "އެކްސް" އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އެމްޑީޕީން ވަނީ މިދިޔަ އޮގަސްޓު މަހު ގައުމީ މަޖިލީހުން ސީދާ ހަރަކާތަށް ނިކުންނަން ގަރާރެއް ފާސްކޮށްފައެވެ. އެއީ ސަރުކާރުން ނިޒާމުތަކަށް ގެންނަން މަސައްކަތްކުރާ ބަދަލުތަކާއި، އިންސާފެއްނެތި ވަޒީފާއިން މީހުން ވަކިކުރަމުންދާ ކަމަށް ބުނެ، އަދި ބޯހިޔާވަހިކަމާއި ގާނޫނުތަކަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނެވެ.

މިފަހުން އެމްޑީޕީން ބާއްވާ ފުރަތަމަ ބޮޑު ޖަލްސާ މިއީ ކަމަށްވާއިރު، އާންމުކޮށް އެ ޕާޓީގެ ޖަލްސާތައް ބާއްވަމުން އަންނަނީ ދަނޑިކޮށި ހަރުގޭގައެވެ. އަދި މި ޖަލްސާގެ އެޖެންޑާ އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން، ލާމަރުކަޒީ ނިޒާމަށް އަސަރުކުރާ ގޮތަށް އަދި މިނިވަން މުއައްސަސާތަކަށް ރައީސްގެ ބާރު ފޯރުވޭހެން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ރައްޔިތުންގެ މަޖިލިސް ސަރަހައްދަށް އެއްވެ މުޒާހަރާއެއް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.