ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް 78 މިލިއަން ޑޮލަރު ޖަމާކޮށްފި

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް 78 މިލިއަން ޑޮލަރު ޖަމާކޮށްފި

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި މިހާރު 78 މިލިއަން ޑޮލަރު ޖަމާކުރެވިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ދަރުބާރުގޭގައި ބޭއްވުނު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މި ފަންޑުގައި އޮތީ އެންމެ ދެ މިލިއަން ޑޮލަރެވެ. މި އަހަރު ނިމުމުގެ ކުރިން މި އަދަދު 100 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ރާވާފައިވާއިރު، އަންނަ އަހަރު ނިމޭއިރު 150 މިލިއަން ޑޮލަރަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ބޭރުގެ ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމާއި، އެކަމަށް ބޭނުންވާ ބޭރު ފައިސާ ރައްކާކުރުމެވެ. އަދި އިޤްތިޞާދީ ކުއްލި ނުރައްކަލެއްގައި ބޭނުންވެދާނެ ފައިސާ ރައްކާކުރުމަށްވެސް މި ފަންޑު ބޭނުންކުރެވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު މި ފަންޑުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ހުރިކަމަށް ބެލެވެއެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން މި ފަންޑުގައި ހުރި ފައިސާ މާރުކޮށްލާފައިވާކަމަށް މިހާރުގެ ސަރުކާރުގެ ވެރިން ވިދާޅުވެފައިވެއެވެ.

އެކިފަހަރު އެކި ޕޭމަންޓްސް ހެއްދުމަށް ހަމަ ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން އެކި ޕޭމަންޓްސް ހަދައި އަނެއްކާ އެ ރިޕްލޭސް މިކުރަނީ. އެހެންވީމަ އަމާޒަކީ 78 މިލިޔަނުން 100 މިލިޔަން ޑޮލަރަށް އަދި މިއަންނަ އަހަރު ނިމެންވާއިރަށް 150 މިލިޔަން ޑޮލަރާ ހަމައަށް ގެންދިއުން.

ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *