އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް އަންގާރަ ދުވަހުގެ 241 ކޮމެޓީގެ ބައްދަލުވުމަށް ތާވަލު ކޮށްފި

އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް އަންގާރަ ދުވަހުގެ 241 ކޮމެޓީގެ ބައްދަލުވުމަށް ތާވަލު ކޮށްފި

Author
ހުސައިން
10 ނޮވެމްބަރ 2024 09:27
0

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއިން އަންގާރަ ދުވަހުގެ 241 ކޮމެޓީގެ ބައްދަލުވުމަށް ތާވަލް ކޮށްފިއެވެ.

މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު މަޖިލީހުގެ 241 ކޮމެޓީއަށް ފޮނުވި މި ބިލުގައި ވަނީ އިޒްރޭލްގެ ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް، އިޒްރޭލް ޕާސްޕޯޓެއް އޮންނަ ކޮންމެ މީހަކު ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

241 ކޮމިޓީގެ ނައިބު މުގައްރިރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވަނީ، އަންގާރަ ދުވަހަށް ތާވަލުކޮށްފައިވަނީ ބިލާމެދު ކޮމިޓީގެ މަސައްކަތް ނިންމާނެ ތާރީހެއް ކަނޑައެޅުމަށް ކަމަށެވެ. އަދި ބިލް ދިރާސާ ކުރުމުގެ މަރުހަލާފައި ކޮމެޓީއަށް އިދާރާތައްވެސް ހާޒިރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޫން މަހުގެ 02 ވަނަ ދުވަހު ކެބިނެޓުން އިޒްރާއީލް ޕަސްޕޯޓްގައި ރާއްޖެ އެތެރެ ނުވެވޭގޮތައް ހެދުމަށް ނިންމާފައި ވަނިކޮށް، ބިލް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމަށް ނަމަވެސް، ފަހުން ނިންމީ މީކާއީލްގެ ބިލަށް ތާއީދުކޮށް، ބައެއް އިސްލާހު ހުށަހެޅުމަށެވެ. އެހެންނަމަވެސް ސަރުކާރުން ހުށަހަޅާނެ އިސްލާހުތައް އަދި ސާފުވެފައެއް ނުވެއެވެ.

އިޒްރޭލު ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ އަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް އުޝާމް ވިދާޅުވެފައިވަނީ، އިޒްރޭލް ޕާސްޕޯޓުގައި ވަރަށް ގިނަ ފަލަސްތީން ރައްޔިތުން ވެސް ގައުމުތަކަށް ދަތުރު ކުރާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.