ތަރައްޤީގެ ޕްލޭނުން އެއްވެސް ރަށެއް އިސްތިސްނާ ކޮށްފައެއް ނުވާނެ: ރައީސް

ތަރައްޤީގެ ޕްލޭނުން އެއްވެސް ރަށެއް އިސްތިސްނާ ކޮށްފައެއް ނުވާނެ: ރައީސް

Author
ހުސައިން
09 ނޮވެމްބަރ 2024 10:20
0

ދިވެހިރާއްޖޭގެ ތަރައްޤީގެ ޕްލޭނުން އެއްވެސް ރަށެއް އިސްތިސްނާ ކޮށްފައި ނުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާބަން ސެންޓަރުތައް ޤާއިމުކުރުމަށް ހޮވާފައިވާ ރަށްތަކާ މެދު އިދިކޮޅުން ފާޅުކުރަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ރައީސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މާލެ އަރބަން ރީޖަންގެ އިތުރުން، އުތުރުގެ ތިން އަތޮޅު ހިމެނޭ ނޮދަން އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި، ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ސަދަން އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއް އުފެއްދުމާއެކު، ހަތް އަރބަން ސެންޓަރު ތަރައްޤީކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނިފައިވާ ކަމެއް ކަމަށެވެ.

މި މަޝްރޫޢަކީ ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ތަރައްޤީގެ މާސްޓަރ ޕްލޭންގެ ބައެއް ކަމަށާއި، މި ޕްލޭން އެކުލަވާލުމުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާއި، ފަންނީ ފަރާތްތަކާއި، ކައުންސިލްތަކާއި އަދި ކަމާގުޅޭ އެންމެހައި ފަރާތްތަކުގެ ޚިޔާލު ހޯދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު އިޢުލާންކޮށްފައިވާ ގޮތުގައި އާބަން ސެންޓަރުތައް ޤާއިމުކުރާނީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.