އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެ

އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެ

Author
އަހުމަދު
08 ނޮވެމްބަރ 2024 08:54
0

އައްޑޫ ސިޓީ މަރަދޫގައި ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކަށާއި ޒުވާން ފުރައިގެ ފިރިހެނަކަށެވެ. އެކްސިޑެންޓު ހިނގީ މަރަދޫ ލިންކް ރޯޑްގައި ހުންނަ "ޖަސްޓް ޓީ" ކެފޭ ކުރިމަތިންނެވެ.

މި އެކްސިޑެންޓުގައި އުމުރުން ދުވަސްވީ ފިރިހެން މީހާގެ ބޯ ތާރުގަނޑުގައި ޖެހި ބޯ ފަޅައިގެން ދިޔައިރު، ފައި ވެސް ވަނީ ބިނދިފައެވެ.

އެކްސިޑެންޓުވި ޒުވާނާގެ އަނގަ މަތި ފަޅައިގެން ވަނީ ގޮސްފައެވެ.

އެ ދެ މީހުންނަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.