ގޭންގު ޤާނޫނާއި މަސްތުވާތަކެތީގެ ޤާނޫނަށް އިސްލާހު ގެނެވުމުން ކުށުގެ މާހައުލަށް ހެޔޮ ބަދަލު އަންނާނެ: އިހުސާން

ގޭންގު ޤާނޫނާއި މަސްތުވާތަކެތީގެ ޤާނޫނަށް އިސްލާހު ގެނެވުމުން ކުށުގެ މާހައުލަށް ހެޔޮ ބަދަލު އަންނާނެ: އިހުސާން

Author
ހުސައިން
08 ނޮވެމްބަރ 2024 09:57
0

ގޭންގު ޤާނޫނާއި މަސްތުވާތަކެތީގެ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެ އަމަލުކުރަން ފެށުމުން ކުށުގެ މާހައުލު ހައްލުކުރެވޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. އިހުސާން މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގައި މީހަކު ރަހީނު ކޮށްގެން އުޅޭ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ހިންގި އޮޕަރޭޝަނަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އިހުސާން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ޤާނޫނުތައް ހެދިގެން އައިއިރު އެންމެ އިސްކަމެއް ދީފައިވަނީ ކުށްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށެވެ. އެހެންނަމަވެސް ކުށް ހުއްޓުވުމަށާއި ކުށުގެ މާހައުލުން މީހުން ދުރުކުރުމަށް އެކަށީގެންވާ ވިސްނުމެއް ޤާނޫނުތައް އެކުލަވާލި ފަރާތްތަކުގެ ނެތްކަން ފާހަގަކުރެއްވިއެވެ.

މިހާރު ރާއްޖޭގެ ކުށުގެ މާހައުލާ ކުރިމަތިލުމަށް އެކަށީގެންވާ ވަސީލަތްތައް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުގައި ހުރި ނަމަވެސް، ޤާނޫނުތަކުގެ ސަބަބުން ކުށްވެރިން ފަސޭހައިން ދޫވެގެންދާކަން އިހުސާން ފާހަގަކުރެއްވިއެވެ. މިކަމަށް ހައްލެއް ލިބޭނީ މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް އިހުސާން ފާހަގަކުރެއްވި ގޮތުގައި މައުސޫމު މީހުންގެ ހައްގުތައް ރައްކާތެރިކުރަން ޖެހޭއިރު، މިހާރު ގައުމުގައި މިކަން އޮތީ މާ ފުޅާވެފައި ކަމަށާއި، ބޮޑެތި ކުށްކުރާ މީހުން ވެސް ވަރަށް ފަސޭހައިން މިނިވަންވެގެންދާކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.