ކޮންޓިންޖެންސީ ބަޖެޓުން ކައުންސިލްތަކަށް 699.6 މިލިއަން ރުފިޔާ ހަމަޖައްސައިދިނުމަށް އެދިއްޖެ

ކޮންޓިންޖެންސީ ބަޖެޓުން ކައުންސިލްތަކަށް 699.6 މިލިއަން ރުފިޔާ ހަމަޖައްސައިދިނުމަށް އެދިއްޖެ

Author
ހުސައިން
06 ނޮވެމްބަރ 2024 11:09
0

ކޮންޓިންޖެންސީ ބަޖެޓުން ކައުންސިލްތަކަށް 699.6 މިލިއަން ރުފިޔާ ހަމަޖައްސައިދިނުމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އެދިވަޑައިގެންފިއެވެ. މި ބަދަލާ ގުޅިގެން ވަޒީރު ޒަމީރު ވަނީ ރައްޔިތުންގެ މަޖިލީހާއި އެކަން ހިއްސާ ކުރައްވާފައެވެ. އަދި މި ސިޓީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިދާރީ މޭޒުން ހުށަހަޅުއްވާފައިވާއިރު، ސިޓީގައި ބަޔާންކުރައްވާފައިވަނީ 2025 އަހަރަށް ލަފާކުރާ ބަޖެޓުގައި ކައުންސިލްތަކަށް ދޫކުރާ ރާވާފައިވާ ބްލޮކް ގްރާންޓް އަދަދަކީ 1.4 މިލިއަން ރުފިޔާކަމުގައެވެ.

ވަޒީރު އިތުރަށް ފާހަގަކުރައްވާފައިވަނީ، ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ މިންގަނޑުގައި ހިފެހެއްޓުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން، މި ބަދަލު ގެންނަން ބޭނުންވާނެ ކަމަށް ލަފާކުރާ 699.6 މިލިއަން ރުފިޔާ ބަޖެޓްގެ ޖުމްލަ އަދަދު އިތުރު ނުވާ ގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ބަދަލުކުރާ ގޮތަށް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައިވެއެވެ.

މަޖިލީހަށް ފޮނުއްވި ސިޓީގައި ވަޒީރު ވިދާޅުވެފައިވަނީ މި ބަދަލު ގެންނަން ބޭނުންވާނެ ކަމަށް ލަފާކުރާ 699.6 މިލިއަން ރުފިޔާ ބަޖެޓްގެ ޖުމްލަ އަދަދު އިތުރު ނުވާ ގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ބަދަލުކުރާ ގޮތަށް ހަމަޖައްސަވާ ދެއްވުމަށް އެދި ދަންނަވާ ކަމަށެވެ. އަދި މިހާރު މި ސިޓީ ވަނީ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ފޮނުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.