ހުޅުމާލެ އިން ބިޔަރު ދަޅުތަކެއް ހޯދައިފި

Author
ހުސެއިން
04 ނޮވެމްބަރ 2024 07:57
0

ހުޅުމާލެ އިން ބިޔަރު ދަޅުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އެ ތަކެތި ފެނުނީ ހުޅުމާލެ ފޭސް 1 ލަކުޑި ޖެޓީ ކައިރީގައި ހުރި ދަބަސްތަކެއް ބަަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ލަކުޑި ޖެޓީ ކައިރީގައި ހަވާލުވާނެ މީހަކު ނެތް ދަބަސްތަކެއް ހުރި ކަމަށް އިއްޔެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް އެ ދަބަސްތައް ބަލައިފާސްކުރިއިރު 228 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.