ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފެށީ ފަތިސް ނަމާދުން

Author
ހުސެއިން
03 ނޮވެމްބަރ 2024 09:42
0

ނަސްރުގެ ދުވަހުގެ ހަރަކާތްތައް ރޭގެ ފަތިސް ނަމާދުން ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގައި ކުރި މި ފަތިސް ނަމާދުގައި ރައީސް ޑރ.  މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ ސިފައިން ވެސް ފަތިސް ނަމާދު ޖަމާއަތުގައި ކުރިއެވެ.

ފަތިސް ނަމާދަށް ފަހު ނަމާދަށް ފަހު ނަސްރުގެ ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކުރުން އޮތެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ވަނީ ބާއްވައިފައެވެ. އަދި މި ދުވަހުގެ މުނާސަބަތުގައި ހާއްސަ މައުރަޒެއް ވަނީ ހުޅުވައިފައެވެ. މި މައުރަޒު ހުޅުއްވައި ދެއްވީ ރައީސް ޑރ. މުއިއްޒެވެ.

މިއަހަރުގެ "ސިފައިންގެ މައުރަޒު" ބޭއްވުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް އާޓް ގެލަރީގައެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި ހާއްސަ މިލިޓަރީ ޑިސްޕްލޭއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މިރޭ ބާއްވާ ނަސްރު ދުވަހުގެ ޚާއްސަ ޖަލްސާ އޮންނާނީ ދަރުބާރުގޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.