ވަގަށް ނަގާފައިވާ 67 ކާޓަން ސިނގިރޭޓާއެކު ޒުވާނަކު ހައްޔަރު ކޮށްފި

Author
ހުސެއިން
03 ނޮވެމްބަރ 2024 02:07
0

ވަގަށް ނަގާފައިވާ 67 ކާޓަން ސިނގިރޭޓާއެކު ޒުވާނަކު ހައްޔަރު ކޮށްފިއެވެ. މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ށ. ފޭދޫ، ހިރުނދުމާގޭ، 24 އަހަރުގެ އަހްމަދު ލުޖައިން އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އިއްޔެ ފަތިހު އޮލިމްޕަސް ސަރަހައްދުން އޭނާ ދަނިކޮށް، އޭނާގެ ޝައްކުވެރި އަމަލުތަކާ ގުޅިގެން ކުރި ބަލައި ފާސްކުރުމުގައި، އޭނާ އަތުގައި އޮތް ދަބަހަކާއި ކޮތަޅުތަކަކުން މި ސިނގިރޭޓުތައް ފެނިފައިވާކަމަށެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި ސިނގިރޭޓުތަކަކީ އޯޝަން ނޯޓިކަލް ޕްރައިވެޓް ލިމިޓެޑުން ވަގަށް ނަގާފައިވާ ތަކެތިކަން ވަނީ ކަށަވަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.