ހިމަންދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓައިފި

ހިމަންދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓައިފި

Author
އަހުމަދު
31 އޮކްޓޯބަރ 2024 03:44
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު އއ. ހިމަންދޫގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ހިމަންދޫގައި ހުޅުވި އާ އޭޓީއެމް ސެންޓަރު މެދުވެރިކޮށް ދުވާލަކު 24 ގަޑިއިރު އަސާސީ ބޭންކިން ހިދުމަތްތައް ލިބޭނެއެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި، ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފާ ކުރުން ހިމެނެއެވެ.

މިއަދު ހިމަންދޫގައި ހުޅުވުނު އޭޓީއެމް ސެންޓަރުގެ އިތުރުން ދާދިފަހުން ފެރިދޫ އާއި ބޮޑުފޮޅުދޫގައި ހުޅުވުނު އޭޓީއެމް ސެންޓަރުތަކާއެކު އއ. އަތޮޅުގައި ބީއެމްއެލް އިން މިވަނީ ޖުމްލަ 7 އޭޓީއެމް ސެންޓަރު ގާއިމްކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 92 ސެލްފްސާވިސް ބޭންކިންގ ސެންޓަރު، 148 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތެއް ބީއެމްއެލުން ދަނީ ފޯރުކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.