ހަންޏާމީދޫ ބަނދަރުގެ 12 އިންސައްތަ މަސައްކަތް ނިންމާލައިފި

ހަންޏާމީދޫ ބަނދަރުގެ 12 އިންސައްތަ މަސައްކަތް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
27 ޑިސެމްބަރ 2020 11:10
0

އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 12 ޕަސެންޓް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ މިހާރު ހަދާފައިވާ ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކުގައެވެ.

މި މަޝްރޫގެ ދަށުން 204 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓަކާއި، 266 މީޓަރުގެ އެއްގަމު ތޮއްޓަކާއި، ދެ ނެރުބައްތިއާއި، 14 ބަނދަރު ބައްތިއާއި، 1330 މީޓަރުގެ ޕޭމަންޓަކާއި، 12 މޫރިންގ ބޮލޮކާއި، 4645 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 404 ކިއުބިކް މީޓަރަށް ނެރު ފުންކުރުމުގެ އިތުރުން 160 މީޓަރުގެ ރިވެޓުމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަށް ޖުމްލަ ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ 32 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގައި ސޮއިކޮށްފައިވަނީ 29 ޑިސެމްބަރ 2019 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.