ޓްވިޓާގައި މީހުންނާއި ދިމާލަށް އެއްޗިހި ގޮވުން ހުއްޓާލައި ހެޔޮ ޢަމަލުތައް ގިނަ ކުރުމަށް ޑރ.އިޔާޒަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމާއި ގުޅޭގޮތުން އެމަނިކުފާނުގެ ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި ޑރ.ޝަހީމް ވިދާޅުވީ ޖަލުގައި ބަންދުވެފައިވާ މީހަކާއި ދިމާލަށް މިނިވަންކޮށް ހުންނަވާ ބޭފުޅަކު އެއްޗި ގޮވައި ހެދުމަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އަމަލު އައިބު ކަމެއްކަމަށެވެ.
ޖަލުގައި ބަންދުވެފައި އޮތް މީހަކާއި ދިމާލަށް މިނިވަން ހާލުގައި ހުރި މީހަކު އެއްޗިހި ގޮވުމަކީ ޖާހިލިއްޔަ ޒަމާނުގެވެސް އައިބު ކަމެއްގެ ގޮތުގައި ދެކޭ ކަމެއް. ޓްވިޓާގައި މީހުންނަށް އެއްޗިހި ގޮވުން ހުއްޓަލައި ހެޔޮ އަމަލުތައް ގިނަ ކުރޭ.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ރޭ ޑރ.ޖަމީލު ދެއްކެވި ވާހަކަތާއި ގުޅިގެން އިޔާޒު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ވެރިކަން ކުރަން ފުރުސަތު ލިބި، ލިބުނު ފުރުސަތުގައި ވައްކަން އާންމުކޮށް އަމިއްލަ ބޭބޭފުޅުން ޖަލަށް ލައި ހިންގެވު ވެރިކަމަކީ ވަރަށް ނާތަހުޒީބު ވެރިކަމެއްކަމަށެވެ. އަދި އޭރު ހިނގި ކަންކަމުގެ ހަގީގަތް އޮޅުވާލައ ވާހަކަ ނުދެއްކުމަށް އިޔޒުވަނީ ޑރ.ޖަމީލަށް ގޮވާލާފައެވެ.
ޤައުމު އިސްލަހު ކުރަން ރައީސް ޔާމީން އަށް ފުރުސަތު ލިބުނީމާ އެކަން ނުކޮށް، މުސްކުޅި ބޭބެއާއި ތިމާއަށް ހެޔޮ އެދޭ އެންމެން ޖަލަށް ލައި، ވައްކަން އާންމުކޮށް، "ބެގް ބްރޯ އޯރ ސްޓީލް: ގެ ސިޔާސަތު ފަތުރަން އުޅުއްވީމަ ވީގޮތް. ހަގީގަތް އޮޅުވާ ނުލައްވައި އެކަން ޤަބޫލުކު ކުރައްވާ ދޮގެއްތޯ؟
– އިޔާޒު ވިދާޅުވިއެވެ.
ޑރ.އިޔާޒު ދަނީ ސިޔަސީ އެކި ބޭފުޅުން ދައްކަވާ ވާހަކަތަކަށް ޓްވުޓާގައި ރައްދު ދެއްވަމުންނެވެ. ޚާއްސަކޮށް އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަތަކަށް އިޔާޒު ވަރަށް ގިނައިން ރައްދު ދެއްވައި ހައްދަވައެވެ.
ކޮމެންޓު ފޮނުވާ