އިންޑިއާ ސަފީރަކަށް އަޒީމާ އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

އިންޑިއާ ސަފީރަކަށް އަޒީމާ އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

Author
އަހުމަދު
28 އޮކްޓޯބަރ 2024 03:58
0

ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އާއިޝަތު އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އަޒީމާ، އިންޑިއާ ސަފީރަކަށް މި އައްޔަން ކުރަނީ އެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝިހާބުގެ ދައުރު ހަމަވެގެންނެވެ. ޝަހީބު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ނޮވެމްބަރު، 2022 ގަ އެވެ.

އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ރިޕޯޓު މަޖިލިހުގެ ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 79 މެމްބަރުންގެ އިއްތިފާގުންނެވެ.

އަޒީމާއަކީ 1988 ވަނަ އަހަރުން ފެށިގެން ހާރިޖިއްޔާގެ އެކި މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އަޒީމާ ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު 2019 ވަނަ އަހަރުން ފެށިގެން 2023 އަށް އަދާކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.