"ޑްރަގްގެ މައްސަލަތައް ޝަރުއީ މަރުހަލާއިން ލަސްވާތީ ރޮޒޭނާގެ ކަންބޮޑުވުން"

"ޑްރަގްގެ މައްސަލަތައް ޝަރުއީ މަރުހަލާއިން ލަސްވާތީ ރޮޒޭނާގެ ކަންބޮޑުވުން"

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2020 10:37
0

ޑްރަގުގެ މައްސަލަތައް ބެލުމުގައި ޝަރުއީ މަރުހަލާއިން ފެންނަން ހުރި ތަފާސް ހިސާބުތަކަކީ ކަންބޮޑުވާންޖެހޭ ހިސާބުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މިދޫ ދައިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެއާއި ގުޅުންހުރި މީހުން ހައްޔަރު ކުރަމުންދާއިރު މި މީހުންގެ މައްސަލަތައް ބެލުމުގައި ޝަރުއީ މަރުހަލާއަށް އެކަށީގެންވާ ސްޕީޑެއްގައި މަސައްކަތް ނުކުރެވޭކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފަ އެވެ.

އާންމު ފަރާތަކުން ޑްރަގުގެ މައްސަލަތައް ނުބެލި ލަސްވާތީ ކޮށްފައިވާ ޓްވީޓްގައިވަނީ ފާއިތުވެދިޔަ 2019 ވަނަ އަހަރުވެސް ޑްރަގުގެ ޓްރެފިކިންގެ 92 މައްސަލަ ޝަރީއަތަށް ފޮނުވުއިރު ޝަރުއީ މަރުހަލާއި ނިމިފައިވަނީ އެންމެ 2 މައްސަލަކަމަށެވެ. މިއީ ރާއްޖޭގެ ޑްރަގް ހުއްޓުވުމަށް ކުރާ މަސައްކަތަށް އެޅޭ ވަރަށްބޮޑު ހުރަހެއް ކަމަށްބުނެ އޭނާވަނީ ޝަރުއީ ދާއިރާގެ ތެރޭގައި މަސްތުވާތަކެތީގެ ބައިވެރިން އޮތްކަމަށް ތުހުމަތު ކުރައްވާފަ އެވެ.

2019 ވަނަ އަހަރު ޑްރަގް ޓްރެފިކިން ގެ 92 މައްސަލަ ޝަރީއަތަށް ފޮނުވުނު އިރު، ޝަރީއަތުގެ ފުރަތަމަ މަރުހަލާ ނިމިފައި އޮތީ އެންމެ 2 މައްސަލައިގަ! ޖުޑީޝަރީ ވަނީ މަސްތު ވިޔަފާރި ވެރިންގެ އަޅަކަށްވެފ. އާންމު މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވެއެވެ.

މިމީހާގެ ޓްވީޓާއިގުޅިގެން ރޮޒޭނާ ވިދާޅުވީ ދައުލަތުގެ ކަމާއި ގުޅުންހުރި އިދަރާތަކުން މަސްތުވާތަކެއްޗާއި ދެކޮޅަށް ހުއްޓާލުނައި މަސައްކަތް ކުރަމުންދާއިރު، މި މައްސަލަތަކުގެ ޝަރުއީ މަރުހަލާ ލަސްވެ މައްސަލަތައް ގިނަ ދުވަސްވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި މިކަން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބުވާނީ ޝަރުއީ މަރުހަލާއިން ދޭންޖެހޭ އެއްބާރުލުންވެސް ދީގެންކަމަށް ރޮޒޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ނުބެލި ގިނަ ދުވަސްވުމާއި، އެފަދަ ވިޔަފާރި ކުރާ ފަރާތްތައް މުޖުތަމައަށް ދޫވެފައިވާ ކަމަކީ އަބަދުވެސް ގިނަބައެއްގެ ފާޑުކިޔުން އޮންނަ ކަމެކެވެ. ނަމަވެސް މިމައްސަލަޔަކީ އެއްވެސް ސަރުކާރަކަށް ހައްލުކުރަން އުގަނގޫ މައްސަލައެއްކަން މިހާތަނަށް ވަނީ ހާމަވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.