ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީޑިއާ ޑިރެކްޓަރެއްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ. މި މަޤާމަކީ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަންގެ ލެޖިސްލޭޓިވް އެފެއާޒް ޑިޕާޓްމަންޓަށް ބޭނުންވާ މަޤާމެކެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ޑިޕްލޮމާއާއެކު ތިން އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ބެޗްލަރސް ޑިގްރީއާއެކު މަދުވެގެން ހަ އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެ އިތުރުން، މަޤާމުގެ މަސައްކަތްތައް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭންޖެހޭނެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު 2024 ވަނަ އަހަރުގެ ނޮވެންބަރު 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލެވިފައިވާއިރު، އެޕްލިކޭޝަން ހުށަހަޅަންވާނީ މަޖިލީހުގެ ވެބްސައިޓް majlis.gov.mv/apply މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި ހުރިހާ ލިޔެކިޔުންތައް އެއް ޕީޑީއެފް ފައިލެއްގެ ގޮތުގައި ހުށަހަޅަންވާނެއެވެ.