އިސްރާއިލުން އީރާނަށް ދޭންފެށި ވައިގެ ހަމަލާތައް ނިންމާލައިފި

އިސްރާއިލުން އީރާނަށް ދޭންފެށި ވައިގެ ހަމަލާތައް ނިންމާލައިފި

Author
ހުސައިން
26 އޮކްޓޯބަރ 2024 08:59
0

އީރާނުގައި ހުރި "އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްގެން" އިސްރާއީލުން ދޭންފެށި ވައިގެ އަސްކަރީ ހަމަލާތަށް ނިންމާލާފައިވާކަމަށް އެގައުމުން ބުނެފިއެވެ

. އިސްރާއީލުން އިރާނަށް ހަމަލާ ދޭން ފަށަފައިވަނީ އިރާނުގެ ގަޑިން މެންދަމުގެ ވަގުތުގައެވެ. އެތައް ގަޑިއިރަކަށް ކުރިޔަށް ދިޔަ މިހަމަލާތައް އިރާނުގެ އަސްކަރީ 20 މަރުކަޒަކަށް އަމާޒު ކުރެވުނު ކަމަށާއި، މިހަރު ހަމަލާތައް ނިންމާލާފައިވާކަމަށް އިސްރާއީލުން ބުނެފައި ވެއެވެ.

އެހެންނަމަވެސް އިރާނުން ބުނެފައިވަނީ އިސްރާއީލުން ފޮނުވި ގިނަ މިސައިލްތައް ޖައްވުގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށާއި، އިރާނުގެ އަސްކަރީ މަރުކަޒުތަކަށް ލިބިފައިވަނީ ކުޑަ ގެއްލުމެއް ކަމުގައެވެ.

އިސްރާއީލުން ބުނެފައިވަނީ މި ހަމަލާތަކަކަކީ އީރާނުން ވާގިވެރި ޖަމާއަތްތަކުން ފާއިތުވި އެއް އަހަރު ތެރޭގައި އެގައުމަށް ދެމުންދާ ހަމަލާތަކާއި އަދި އީރާނުން އެންމެ ފަހުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ. އަދި މި ހަމަލާތައް އަމާޒު ކޮށްފައިވާނީ ހަމަ އެކަނި އިރާނުގެ އަސްކަރީ މަރުކަޒުތަކަށް ކަމަށްވެސް އިސްރާއީލުން ބުނެފައި ވެއެވެ.

ތަފްސީލު އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.