އައްސޭރި ޖަލުގެ ފުރަތަމަ މިސްކިތް ހުޅުވައިފި

އައްސޭރި ޖަލުގެ ފުރަތަމަ މިސްކިތް ހުޅުވައިފި

Author
ހުސައިން
24 އޮކްޓޯބަރ 2024 07:14
0

މަސްޖިދުލް ޔޫސުފްގެ ނަމުގައި އައްސޭރި ޖަލުގެ ފުރަތަމަ މިސްކިތް މިއަދު ހުޅުވައިފިއެވެ.

މިސްކިތް ހުޅުވައިދެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒެވެ. ޖަލުގެ ގައިދީންނާއި ޖަލު އޮފިސަރުން ގުޅިގެން މިސްކިތުގެ އެންމެހާ މަސައްކަތްތައް ކޮށްފައިވެއެވެ. މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ މިސްކިތެއް ބިނާކުރުމަކީ އިސްލާމްދީން ގަބޫލުކުރާ ޤައުމެއްގައި ކުރެވޭނެ އެންމެ މާތް އަމަލު ކަމުގައެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރައީސްގެ އެންގެވުމާއިއެކު ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިސްނެންގެވުމުގެ ދަށުން މިހާރު ޖަލުގެ ގައިދީންނާއި އޮފިސަރުންނަށް ނަމާދުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ މާތް މަސައްކަތްތައް ފެނިގެން ދިޔުމަކީ އެމަނިކުފާނުގެ އުންމީދެއް ކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.