ޒުވާނުން ވާންވާނީ ގައުމަށާއި މުޖުތަމައަށާއި އާއިލާއަށް ވަފާތެރި، ދުޅަހެޔޮ، ހުލްގުހެޔޮ ބަޔަކަށް: ރައީސް

ޒުވާނުން ވާންވާނީ ގައުމަށާއި މުޖުތަމައަށާއި އާއިލާއަށް ވަފާތެރި، ދުޅަހެޔޮ، ހުލްގުހެޔޮ ބަޔަކަށް: ރައީސް

Author
ހުސައިން
22 އޮކްޓޯބަރ 2024 11:28
0

ދިވެހި ޒުވާނުން އާ ޒަމާނީ މަގުތަކުގައި ހަލުއިކަމާއެކު ތަރައްޤީގެ ދަތުރުމަތީ ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވާފައިވެއެވެ.

މިއަދަކީ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ކަމަށްވާތީ، ޒުވާނުންނަށް އަމާޒުކޮށް ފޮނުއްވި އެކްސްޕޯސްޓެއްގައި ރައީސް އިސްތިމާސް ކުރެއްވި ގައުމަށާއި މުޖުތަމައަށާއި އާއިލާއަށް ވަފާތެރި، ދުޅަހެޔޮ، ހުލްގުހެޔޮ އަދި ދީންވެރި ބަޔަކަށް ޒުވާނުން ވުމަށެވެ.

ގައުމުގެ މުސްތަޤްބަލުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ ޒުވާނުން ކަމަށްވާތީ، އެ ޖީލުގެ ހައްޤުތަކާއި ކުރިމަގު ރައްކާތެރިކުރުމަށް ބާރުއަޅައި، އެމީހުންގެ ހުނަރާއި ޤާބިލިއްޔަތު ދެނެގަތުމަށް ޒުވާނުންގެ ދުވަސް ފާހަގަކުރެވެއެވެ. އަދި ހަމައެއާއެކު، ޒުވާނުންގެ ހިޔާލުތަކަށް އަޑުއަހައި، އެ ހިޔާލުތަކަށް އިހްތިރާމްކުރުމުގެ މުހިންމުކަން މި ދުވަހުން ފާހަގަކޮށްދެއެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން 1999 ވަނަ އަހަރު ފެށިގެން ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރަން ފެށިއިރު، ދިވެހިރާއްޖެއިން މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ އޭގެ ފަހުން ކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.