‏ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

‏ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Author
އަހުމަދު
21 އޮކްޓޯބަރ 2024 03:42
0

ކ. ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ލިބިފައިވަނީ މިއަދު 12:04 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.