ރ. އަލިފުށީގައި ފީނަން ދިޔަ މީހަކު ނިޔާވެއްޖެ

ރ. އަލިފުށީގައި ފީނަން ދިޔަ މީހަކު ނިޔާވެއްޖެ

Author
ހުސައިން
18 އޮކްޓޯބަރ 2024 06:39
0

ރ. އަލިފުށީގައި ފީނަން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު ހުކުރު ދުވަހުގެ މެންދުރު 12:08 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް (އެމްޕީއެސް) އަށް ލިބިފައިވާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފައިވެއެވެ.

އަލިފުށީ ބަނދަރު ސަރަޙައްދުގައި މަސް ހިފުމަށް ފީނި ތިން މީހުންގެ ތެރެއިން އެއް މީހަކު އަނބުރާ މައްޗަށް ނާރާއިގެން އޭނާ ނަގަންޖެހުނީ ފެނު އަޑިންނެވެ.އެ މީހާ ފެނުން މައްޗަށް ނަގައި ރަށުގެ ޞިއްޙީ މަރުކަޒަށް ގެންދެވުނެވެ. އެ މީހާ ނިޔައުވެފައިވާ ކަމަށް ރަށުގެ ޞިއްޙީ މަރުކަޒުން ފުލުހުންނަށް އަންގާފައިވެއެވެ. ނިޔާވި ފަރާތަކީ 24 އަހަރުގެ މީހެކެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަޙުޤީޤުތައް މިހާރު ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.