ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯގެ ޑްރަގާއެކު އިންޑިއާގެ 2 މީހަކު ހައްޔަރުކޮށްފި

ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯގެ ޑްރަގާއެކު އިންޑިއާގެ 2 މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
17 އޮކްޓޯބަރ 2024 11:36
0

ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ދެމަފިރިއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ އިންޑިއާއަށް ނިސްބަތްވާ މުހައްމަދު ޝޯއިބް، 41، އާއި އޭނާގެ އަންހެނުން އައިޝާ، 38، އެވެ. މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި އެ ދެމަފިރިން ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންނެވެ.

އެ ދެ މީހުން ރާއްޖެ އައި އިރު ލަގެޖުގެ ތެރެއިން ފޮރުވާފައި ހުރި ދެ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުުގެ ގާޒީ އިބްރާހިމް ޒިހުނީ ނިންމެވީ އެ ދެ މީހުން ވެެސް ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.

އެ ދެ މީހުންނަށް ވެސް ވަނީ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އޮތް ކަން އަންގައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.