ރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލު ގެއްލިގެންދިއުމުން އެކަމުގެ ނުރައްކާ އެންމެބޮޑަށް ކުރާނީ އިސްލަމީ ވަހުދަތަށް ކަމުގައި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ބޭރުގެ ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމުގެ ނުރައްކާތެރިކަމާއި ގުޅިގޭގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ކޮންމެ ކަމަކުން އޭގެ އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނީ ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމީ ވަހުދަތަށް ކަމަށެވެ.
ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބުމަކީ ތަހުޒީބު ކަމެއްކަމަށް ދެކޭ މީހުންނަކީ ޤައުމުގެ މުސްތަޤުބަލާއި މިނިވަންކަމާއިމެދު އެއްވެސް ވަރަކަށް ވިސްނާ ބައެއްނޫންކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އެވިސްނުން ގެންގުޅުއްވާ ބޭފުޅުންނަށް ރާއްޖޭގައި އެހެން ދީންތަކަށް ތަރުހީބުދީ ފައްޅި އުޅުމަށްވެސް ތަރުހީބު ދިނުމަކީ ދުރުކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
Raajjeyge siyaadhath gellumun emme avahah nurakkaa vaane ekkamakee raajjeyge Islaamee wahdhath!
Beyru qaumehge sifain Raajjeygai thibumakee thahuzeebu kameh kamah qabool kuraa meehun, raajjeygai falhlhi elhumakee ves thahuzeeb kameh kamah qaboolu koh, ekamah vakaalaath koffaane.— Adam Shareef Umar (@Adamshareefz) October 9, 2020
ރާއްޖޭގައި އިންޑިޔާގެ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަން ފެށުމުން އެކަމަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ISIS އާއި ގުޅުން އޮތް ހަރަކާތެއްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މިހަރަކާތުގައި ބޭނުން ކުރަމުންދާ ދިދަ އަކީ ކަޅު ދިދައަކަށްވުމުންވެސް އެކަން ވަރަށްބޮޑަށް ރަމްޒުކޮށްދޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދުގެ މިވާތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ރައީސް ނަޝީދަށް އަމާޒުވެފައިވާއިރު، އެކި މުނާސަބަތުތަކައި، އެކި ކްލަބްތަކައި، އިވެންޓްތަކުގައި ބޭނުންކުރާ ކަޅުދިދަތައް ޝެއާކޮށް އެދި އެދިދަތަކަކީވެސް ISIS އާއި ގުޅުން ހުރި ދިދަތަކެއްތޯ ގިނަބަޔަކު ވަނީ ރައީސް ނަޝީދާއި ސުވާލު ކުރަމުންނެވެ.
Juventus akee harukashi fikuruge football team eh! ???? @MohamedNasheed ?♂️ pic.twitter.com/YbCHiptrcZ
— Mode Rasheed (@moderasheed05) October 9, 2020
އިންޑިޔާގެ އަސްކަރީ ސިފައިން ރައްޖޭގައި ތިބިކަމަށްބުނެ ފަތުރެމުންދާ ޚަބަރުތަކާއި ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ދިވެހި ސިފައިންނާއި ބޭރު ޤައުމުތަކުގެ އަސްކަރިއްޔާއާއި އޮންނަ ގުޅުމާމެދު ސުވާލު އުފައްދާކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ދެމެހެއްޓުމަށް ދިވެހި އަސްކަރިއްޔާއިން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ.
މިކަން ޔަޤީންކޮށްދެއްވަމުން، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ ބޭރު އެއްވެސް ޤައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނެތްކަމަށެވެ. އަދި ރާއްޖޭގައި މިވަގުތު ތިބީ އިންޑިއާ އާއި ލަންކާފަދަ ޤައުމުތަކުން ފަންނީ ކަންކަމުގައި ހަރަކާތްތެރިވާ ސިފައިން ކަމަށް މޭޖަރ ޖެނެރަލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ