މޯލްޑިވިއަން ށ. ފުނަދޫއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަން ށ. ފުނަދޫއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށައިފި

Author
ހުސައިން
10 އޮކްޓޯބަރ 2024 08:31
0

މޯލްޑިވިއަން، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، ށ. ފުނަދޫއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށައިފިއެވެ. މި ޚަބަރު އެ ކުންފުނިން ހާމަކުރީ އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މޯލްޑިވިއަނުން ބުނެފައިވަނީ، ފުނަދޫއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފެށިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ދިމާވި ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން މޯލްޑިވިއަނުން ފުނަދޫއަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައިވެއެވެ. ލިބިފައިވާ މަޢުލޫމާތުން އެނގޭގޮތުގައި، މި ދަތުރުތައް މެދުކަނޑާލަން ޖެހުނީ ފުނަދޫ އެއަރޕޯޓުގައި ބޭނުންކުރަމުން އައި ފަޔަރ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

އަލުން ބުކިންގ ހެދުމަށް ނުވަތަ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަނުން ވަނީ ގުޅޭނެ ގޮތްތައް ހާމަކޮށްފައެވެ. މިގޮތުން 1671 ނަންބަރަށް ގުޅުމަށް ނުވަތا [email protected] އަށް އީމެއިލް ކުރުމަށް އެ ކުންފުނިން އިރުޝާދު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.