އިޓަލީ ވިލާތުގެ ފަތުރުވެރިން އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި

އިޓަލީ ވިލާތުގެ ފަތުރުވެރިން އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި

Author
ހުސައިން
09 އޮކްޓޯބަރ 2024 07:56
0

ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް އިޓަލީވިލާތުގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑާނިއެލާ ސަންޓޭންޗްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ރާއްޖެއަށް އިޓަލީ ފަތުރުވެރިން އިތުރުކުރެވޭނެ ގޮތްތަކާއި، އިޓަލީގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތު މިނިސްޓަރ ފައިސަލް ހިއްސާކުރެއްވިއެވެ.

މިއަހަރަކީ އިޓަލީ ފަތުރުވެރިންގެ އަދަދަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބެމުންދާ އަހަރެއް ކަމަށްވެފައި، އިޓަލީއަކީ މިހާރު ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް އިޓަލީން 108,463 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.1 އިންސައްތައިގެ ކުރިއެރުމެކެވެ.

އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ތާރީޚީ ގޮތުން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ޤައުމެކެވެ. 1972 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަން ފެށުނުއިރު، އެންމެ ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިއަކީ އިޓަލީގެ ރައްޔިތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.