ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ވިލިމާލޭގައި ގާއިމް ކުރަނީ

ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ވިލިމާލޭގައި ގާއިމް ކުރަނީ

Author
ހުސައިން
08 އޮކްޓޯބަރ 2024 07:25
0

ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ވިލިމާލޭގައި ޤާއިމްކުރުމުގެ މަސައްކަތް ފެށިއްޖެއެވެ. އިސްލާމިކް މިނިސްޓްރީގެ ހާމަކޮށްފައިވާ ގޮތުގައި، މި ގޮފީގެ ކުލާސްތައް ތައްޔާރުކުރެވެމުންދަނީ ވިލިމާލޭ މަސްޖިދުލް ބިއްރިގައެވެ. އަދި މި މިސްކިތުގައި ދެ ކްލާސްރޫމް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ ވިލިމާލޭގައި ޤާއިމްކުރެވޭ ގޮފި ވަރަށް އަވަހަށް ހުޅުވޭނެ ކަމަށެވެ. މިނިސްޓަރު ވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ސިޓީ ކައުންސިލުން ދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމްކުރެވިފައިވެއެވެ. މި ގޮފިތަކުގައި ތަފާތު ކުލާސްތަކާއި ޕްރޮގްރާމްތައް ކުރިއަށް ގެންދެވެމުންދާކަން ފާހަގަކުރެވެއެވެ.

ވިލިމާލޭގައި އައު ގޮފި ޤާއިމްކުރެވުމުން، އިތުރު ރައްޔިތުންނަށް ގުރުއާނާ ބެހޭ ތަޢުލީމު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.