ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާނުކޮށް، ބޭރު ފަައިސާއާބެހޭ ގަވާއިދުތަކަށް ބަދަލު ގެނައުމަކީ ކަންބޮޑުވާ ކަމެއް: ޝަހިދު

ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާނުކޮށް، ބޭރު ފަައިސާއާބެހޭ ގަވާއިދުތަކަށް ބަދަލު ގެނައުމަކީ ކަންބޮޑުވާ ކަމެއް: ޝަހިދު

Author
ހުސައިން
02 އޮކްޓޯބަރ 2024 06:18
0

ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާނުކޮށް، ބޭރު ފަައިސާއާބެހޭ ގަވާއިދުތަކަށް ބަދަލު ގެނައުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްޑިޕީގެ ރައީސް އަބުދުﷲ ޝަހިދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ބޭރުފައިސާއާއި ބެހޭ ޤަވާއިދާއި މަނީޗޭންޖިންގ ވިޔަފާރިއާއި ބެހޭ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުތަކާ އަބުދުﷲ ޝާހިދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މި ބަދަލުތައް ގެނެސްފައިވަނީ ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާ ނުހޯދައި ކަމަށާއި މިކަމުގެ ސީދާ އަސަރު ކުރާނެ އެއްބަޔަކީ ރާއްޖޭގެ އެންމެބޮޑު ސިނާޢަތު ކަމުގައިވާ ފަތުރުވެރިކަމާބެހޭ ސިނާއަތް ކަމަށެވެ.

އަދި މިފަދަ ބަދަލެއް ގެނައުމުގެ ކުރިން، ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި އަދި ލިވަބޯޑުގެ މަޝްވަރާ ހޯދާ އަދި އެފަރާތްތަކުގެ ކަންބޮޑުވުން ތަކަށް ސަރުކާރުން ރިޢާޔަތް ކުރުމަކީ މުހިންމުކަމެއް ކަމުގައުވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.

ޝާހިދުގެ އެކްސް ޕޯސްޓުގައި އިތުރަށް ވިދާޅުވީ ދިމާވެފައިވާ މައްސަލައަށް ޙައްލު ހޯދުމަށް އަޅާ ފިޔަވަޅެއްގެ ސަބަބުން އެންމެ ބޮޑު ސިނާޢަތަށް ގެއްލުމެއްލިބުމަކީ މައްސަލަ ޙައްލުވުމުގެ ބަދަލުގައި މުޅި އިޤްތިޞާދަށް އިތުރު ގެއްލުން ލިބިދާނެކަމެއް ކަމުގައެވެ.

މި ބދަލުތަކާއި ގުޅޭގޮތުން އެމްއެމްއޭގެ ގަވަރުނަރު ވިދާޅުެފައިވަނީ، ބޭރު ފައިސާއާ ގުޅުންހުރި ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކުގެ ހެޔޮ އަސަރު ފެންނަން ފަށާނީ މާލީ ސިޔާސަތުތައް ވެސް ބަދަލުކޮށް، ސަރުކާރުން ރާވާފައިވާ ކަންތައްތައް ތަންފީޒުކުރަން ފެށުމުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.