ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާއި، ހައްޔަރު ނުވަތަ ބަންދުގައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާއި، ހައްޔަރު ނުވަތަ ބަންދުގައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މިހާރު ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މި ފުރުސަތު 1 އޮކްޓޫބަރު 2024 އިން ފެށިގެން 20 (ވިހި) ދުވަހުގެ މުއްދަތަށް ހުޅުވާލައިފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން މުރާޖަޢާކުރުމަށް އެދި ހުށަހަޅާ ފޯމު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، އެ އޮފީހުގެ ގޮފިތަކުން އަދި ޕޮލިސް ސްޓޭޝަންތަކުންނާއި، ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބެން ހުންނާނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ކުރެވޭނެ ކަމަށާއި، އޮންލައިންކޮށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ޕްރޮގްރާމަކީ ކުށްވެރިންނަށް އަލުން ފުރުޞަތު ދިނުމަށާއި، އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. މި ޕްރޮގްރާމްގެ ސަބަބުން ގިނަ އަދަދެއްގެ މައްސަލަތައް އަލުން ބެލުމުގެ ފުރުޞަތު ލިބި، ޙައްޤު ގޮތުގައި އަދަބު ލުއިކޮށްދެވޭނެ ފަރާތްތަކަށް އެ ފުރުޞަތު ލިބިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *