އެމްޕީއެލްއިން ހުޅުމާލޭގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަނީ

އެމްޕީއެލްއިން ހުޅުމާލޭގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަނީ

Author
ހުސައިން
01 އޮކްޓޯބަރ 2024 01:31
0

އެމްޕީއެލްއިން ހުޅުމާލޭގައި 10 ބުރީގެ ކޯޕަރޭޓް އޮފީސް އިމާރާތެއް އެޅުމަށް ނިންމައި، މި މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމަށް މިއަދު އިޢުލާންކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުންނެވެ. އިމާރާތް ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލްގެ ކުރިމަތިން އޮންނަ ބިމުގެ ތެރެއިން 9,580 އަކަފޫޓުގެ ސަރަހައްދެއްގައެވެ.

މި ޕްރޮޖެކްޓަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް އެމްޕީއެލްއިން އަންގާފައިވެއެވެ. މި އިމާރާތުގައި ކޮންފަރެންސްތަކާއި އިވެންޓްތައް ބޭއްވުމަށް ޚާއްޞަ ފްލޯއެއް، ކެފޭ އަދި ރެސްޓޯރަންޓްތަކަށް ޚާއްޞަ ފްލޯއެއް، އަދި ވިޔަފާރިތަކަށް ޚާއްޞަ ފްލޯތަކެއް ހިމެނޭނެ ކަމަށް އެމްޕީއެލްއިން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، ދިރިއުޅުމަށް ދެ ފްލޯ ޚާއްޞަކުރެވި، އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް އޮފީސް ޖާގަވެސް ކަނޑައެޅިފައިވާ ކަމަށް ބުނެފައިވެއެވެ.

އިމާރާތުގައި ބޭސްމަންޓަކާއި ޕާކިންގއަށް ޚާއްޞަ އޭރިއާއެއްވެސް ހިމެނޭނެ ކަމަށް އެމްޕީއެލްއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.