ކޯވިޑް19ގެ އާ 5 ވައްތަރެއް ޖަޕާނުން ފެނިއްޖެ

ކޯވިޑް19ގެ އާ 5 ވައްތަރެއް ޖަޕާނުން ފެނިއްޖެ

Author
ހުސެއިން
27 ޑިސެމްބަރ 2020 06:24
0

މިހާރު މުޅި ދުނިޔެއަށް ފެތުރެމުންދާ، ކޯވިޑް19ގެ ތަފާތު ވައްތަރުތަކުގެ ތެރެއިން، 5 އާވައްތަރެއް ޖަޕާނުން ފެނުމާއި ގުޅިގެން، އާއަރު ފާހަގަ ކުރުމަށްޓަކާ ރޭވިފައިވާ ހުރިހާ އިހުތިފާލެއް ކެންސަލް ކުރުމަށް އެގައުމުގެ ބޮޑުވަޒީރު، ޔޮޝިހިޑޭ ޝުގަރ އަންގަވައިފިއެވެ.

އަދި އޭނާވަނީ، ޖަޕާނުގެ އެއަރޕޯޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އަދި ޚާއްސަކޮށް އިގިރޭސިވިލާތުން ޖަޕާނަށް އެތެރެވާ މީހުން ކަރަންޓީނުކުރުން އިތުރަށް ހަރުކަށި ކުރުމަށްވެސް އަންގަވާފައެވެ.

ޖަޕާނުން މިފާހަގަ ވެގެންދިޔަ ކޯވިޑް19ގެ 5 ވައްތަރުވެސް ފެނިފައިވަނީ، އިގިރޭސިވިލާތުން އެގައުމަށް އެތެރެވި މީހުންގެ ގައިންނެވެ.

ޖަޕާނުގެ ހެލްތު މިނިސްޓަރ ނޮރިހިސާ ޓަމުރާ، ޖަޕާނުން މި އާވައްތަރުތައް ފެނުނުކަން އިއުލާން ކުރައްވާފައިވަނީ، އެގައުމުގެ ބޮޑުވަޒީ ސުގާއާއި ބައްދަލު ކުރެއްވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ނޮރިހިސާ ވިދާޅުވެފައިވަނީ، ކަރަންޓީނު ކުރުން ހަރުކަށި ކުރުމަށާއި އަދި، ވަކީން ޚާއްސަކޮށް އިގިރޭސިވިލާތުން ޖަޕާނަށް އެތެރެވާ އެންމެން ކަރަންޓީނުކުރުމަށް ބޮޑުވަޒީރު ސުގާ އަންގަވާފައި ވާކަމަށެވެ.

ޖަޕާނުންވަނީ، އިގިރޭސިވިލާތުން އެގައުމަށް ދަތުރުކުރާ ޖަޕާނުގެ ރައްޔިތުންނާ އަދި، ރެސިޑެންސް ޕާރމިޓް އޮންނަ ފަރާތްތައް ފިޔަވާ އެހެން އެއްވެސް މީހަކުން އެގައުމުން ޖަޕާނަށް އެތެރެވުން މަނާ ކޮށްފައެވެ.

އާ އަހަރުގެ ޗުއްޓީއަކީ، އާންމުކޮށް ޖަޕާނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ސިޓީއަށް، އާއިލާގެ މެމްބަރުންގެ ގާތަށް ތަރުކޮށް، ޗުއްޓީގެ ގޮތުގައި ހޭދަކުރާ ދިގު ބަންދެކެވެ.

މި ހަފްތާގެ ހުކުރުދުވަހު، ސުގާ ވަނީ، ޖަޕާނުގެ ރައްޔިތުން މިއަހަރުގެ އާއަހަރުގެ ޗުއްޓީގައި، އެއްވުންތައް ނުބޭއްވުމަށާއި އަދި މީގެ އިތުރުން ދަތުރުފަތު ކުރުންވެސް ވީވަރަކުން މަދުކުރުމަށް ގޮވާލައްވާފައެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި، ޖަޕާނުގައި ދަނީ އާދަޔާ ޚިލާފު ބާރުމިނުގައި ކޯވިޑް19 ފެތުރެމުންނެވެ.

ހުކުރުދުވަހު، ޖަޕާނުގެ ބޮޑުވަޒީރުވަނީ، ކޯވިޑާދެކޮޅަށް އެގައުމުގައި ކުރެވޭ މައްސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، ކޯވިޑް19އަށް ފަރުވާ ދޭ ހޮސްޕިޓަލްތަކަށް އިތުރު 2.6 ބިލިއަން ޑޮލަރު ޚަރަދު ކުރާނެކަން އިއުލާން ކުރައްވާފައެވެ. ޖަޕާނުގެ އުތުރުގެ ރަށެއްކަމުގައިވާ ހޮކައިޑޯއިންނާ، މީގެ އިތުރުން އެންމެ ބޮޑެތި ސިޓީތައްކަމުގައިވާ، ޓޯކިއޯއާއި އޮސާކާގައިވެސް ދަނީ އާދަޔާޚިލާފަށް ބަލި ފެތުރެމުންވެ.

"އަހަރެން ބޭނުންވަނީ، ޖަޕާނުގެ ރައްޔިތުން ވަރަށް ހަމަހިމޭންކޮށް އާއަހަރު ފާހަގަ ކުރަން،" ޖަޕާނު ސަރުކާރުގެ ކޮރޯނާ ވައިރަސްއާއި ގުޅޭ މާހިރު، ޝިގެރު އޯމިއާއާއި އެކީ ޓޯކިއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުގާ ވިދާޅުވިއެވެ.

"ބަލި ޖެހޭމީހުންގެ އަދަދު، ދަށަކަށް ނުދޭ، ދަނީ މައްޗަށް، އަހަރުމެންނަށް ފެތުރުން ހުއްޓުވޭނެ ކަމަކަށް ނުފެނޭ."

ޖަޕާނުގެ ކޮރޯނާ ވައިރަހާ ބެހޭ ޚާއްސަ މާހިރު، އޯމީ ވިދާޅުވި ގޮތުގައި ޖަޕާނުގެ ހުރިހާ ރައްޔިތުން އެއް މިސްރާބަކަށް ދަތުރު ކޮށްގެންމެނުއީ މިކާރިސާއިން މިންޖު ނުވެވޭނެއެވެ.

"ބަލި ޖެހޭ މީހުންގެ ނިސްބަތް މިހާރު ދަށް ނުކުރެވިއްޖެ ނަމަ، އާއަހަރުގެ ބަންދާއިއެކު، އިތުވެގެންދާ ބަލިޖެހޭ މީހުންގެ އަދަދު ދަށްކުރުން ވެގެންދާނީ ވަރަށް އުދަގޫ ކަމަކަށް،" އޭނާ ވިދާޅުވިއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި މިހަފްތާގެ ހުކުރުދުވަހު އެކަނިވެސް، 884 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ބުރާސްފަތި ދުވަހުވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވެފައެވެ. އެދުވަހު ވެރިރަށް ޓޯކިއޯގައި 888 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.

126 މިލިއަން މީހުން ދިރިއުޅެމުންދާ ޖަޕާނުންވަނީ، ފައިޒާ ކުންފުނިންނާއި، އެސްޓްރާ ޒެނިސާ ކުންފުނީގެ އިތުރުން، މޮޑާނާ ކުންފުނިން 290 މިލިއަން ވެކްސިން ޑޯޒު ގަތުމަށް މި ކުންފުނިތަކާއެކު މިހާރު އެއްބަސްވުމަކަށް އައިސްފައެވެ. މިއީ ޖުމްލް 145 މީހުންނަށް ބޭނުންވާ ވެކްސިންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖަމް
ތިޔަ 5 ވައްތަރަކީ ކޮބައިތޯ ބަލަން މި ޚަބަރު މި ހުޅުވީ ވެސް. އެކަމަކު ސުރުޚީއަކާއި ގުޅުމެއް ނެތް. އިތުރު މަޢުލޫމާތެއް ނުލިބުނު.