އާޓްސް އެންޑް ކަލްޗަރ ސެންޓަރެއް ގާއިމުކުރުމަށް ޕޮލިޓެކްނިކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އާޓްސް އެންޑް ކަލްޗަރ ސެންޓަރެއް ގާއިމުކުރުމަށް ޕޮލިޓެކްނިކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ގުޅުންހުރި

ރާއްޖޭގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް، އުފެއްދުންތެރި ވިޔަފާރިވެރިންނަށް ފުރުސަތު ހޯދައިދީ، ޒުވާނުން ސަގާފީ ކަންކަމަށް ހޭލުންތެރިކުރުވުމަށްޓަކައި އާޓްސް އެންޑް ކަލްޗަރ ސެންޓަރެއް ގާއިމުކުރުމަށް ޕޮލިޓެކްނިކާއެކު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.

މި ސެންޓަރު ހިންގުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ޕޮލިޓެކްނިކް ގުޅިގެންނެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސެންޓަރާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ވިޔަފާރިވެރިންނާއި އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ. މި އެއްބަސްވުމުގައި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެ މުއައްސަސާގެ ސީއީއޯ ދޫޝާން ކަމާލުއްދީނެވެ. އަދި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ސްޓްރެޓެޖިކް އޮފިސަރ މަރްޔަމް ނަޝާއެވެ.

ދިވެހިބަހާއި އަދަބިއްޔާތު، ތާރީޚު، ސަގާފަތާއި ތަރިކަ ދިރުވައި އާލާކުރުމާއެކު، އެ ދާއިރާތަކުން އިޤްތިޞާދީ މަންފާ ހޯދުމަށް މަސައްކަތްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ އިތުރުން، މި ސަރުކާރުން ވަނީ ސުލްޠާން ޕާކުގައި ހުންނަ ތާރީޚީ އުސްގެކޮޅުގައި ދާރުލްއާސާރެއް ހެދުމަށްވެސް ނިންމަވާފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން، ރާއްޖޭގެ ސަގާފަތާއި ތަރިކަ ދެމެހެއްޓުމަށާއި، ޒުވާނުންގެ މެދުގައި އެކަންކަމާމެދު ޝައުޤުވެރިކަން އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ