ކާށިދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއްގައިވެސް އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި

ކާށިދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއްގައިވެސް އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި

Author
ހުސައިން
29 ސެޕްޓެމްބަރ 2024 04:00
0

ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި އަލިފާން ރޯވުމާ ގުޅިގެން ސިފައިން އަނެއްކާވެސް ހަރަކާތްތެރިވާން ޖެހިއްޖެއެވެ. އެމްއެންޑީއެފުން އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ފަހަރު އަލިފާން ރޯވެފައިވަނީ ކާށިދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއްގައެވެ. މި ހާދިސާގެ ރިޕޯޓު ލިބުނީ ހަވީރު 3:14 ހާއިރުގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ދޯނީގައި ތިން ބިދޭސީންނާއި ދެ ދިވެހިން ތިބި ކަމަށް ވިޔަސް، އެއްވެސް މީހަކަށް އަނިޔާވެފައިވާކަން ނުވަތަ ނޫންކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ، ދ. ކުޑަހުވަދޫ ކައިރީގައި އޮތް އަނެއް ދޯންޏެއްގައި އަލިފާން ރޯވެގެން ސިފައިންނާއި ފުލުހުން ނިވާލުމުގެ މަސައްކަތުގައި އުޅެމުންދަނިކޮށެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނުއްސުރެ ކަމަށާއި، އެ ދޯނީގައި ރޯވި އަލިފާނުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މިއަދު ކުރިމަތިވި މި ދެ ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.