ސައިކަލެއްގެ މަޑި ދަށުން ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

ސައިކަލެއްގެ މަޑި ދަށުން ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

Author
ހުސައިން
28 ސެޕްޓެމްބަރ 2024 09:21
0

މާލޭގައި ސައިކަލެއްގެ މަޑި ދަށުން ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ 45 އަހަރުގެ ޖަހަންގިރު އާލަމްގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ. ފުރަތަމަ 15 ދުވަހަށް ބަންދުކުރި އޭނާ މިއަދު ކޯޓަށް ހާޒިރުކުރުމަށްފަހު އިތުރު ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ނިންމާފައިވެއެވެ.

ބަންދު އަމުރުގައިވާ ގޮތުން، އޭނާ ވަނީ ގެއްލުން ލިބުނު ފަރާތުގެ ސައިކަލު މަޑި ދަށުގައި ބަހައްޓާފައި ހުރި 442,750 ރުފިޔާ ވަގަށް ނަގާފައެވެ. ނަމަވެސް، މި ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށް، މިއީ ވިޔަފާރިއެއްގެ މައްސަލައިގައި ކުރަން އުޅޭ ފްރޭމެއް ކަމަށް ބުނެފައެވެ.

ކޯޓުން އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމީ މައްސަލައާ ގުޅޭ ކޮންމެވެސް ވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށް ބެލެވޭތީއާއި، އޭނާ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ފެންނާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.