އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރުގައި ޖެހުމުގެ ފުރުޞަތު ހުޅުވާލައިފި

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރުގައި ޖެހުމުގެ ފުރުޞަތު ހުޅުވާލައިފި

Author
ހުސައިން
28 ސެޕްޓެމްބަރ 2024 12:24
0

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްއިން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ނިންމައި، އެ ދަފްތަރުގައި ޖެހުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ދަފްތަރުގެ މަޤްޞަދަކީ ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ، އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާޙައުލެއް ޤާއިމުކޮށްދިނުމާއި، އެފަދަ ވިޔަފާރިތައް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އިއްޔެ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވުނު އިޢުލާނެއްގައި، އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރެވޭނެ އުސޫލުތައް ވަނީ ހާމަކޮށްފައެވެ. މި އުސޫލުތަކުގެ ދަށުން، ދިވެހި ރައްޔިތެއް ކަމުގައިވުމާއެކު، ވަޒީފާގެ އެއްބަސްވުމަކާ ނުލައި މަސައްކަތްކުރާ ފަރާތްތަކަށް މި ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް މިއަދުން ފެށިގެން މި ދަފްތަރުގައި ރަޖިސްޓަރީވުމަށް އޮންލައިންކޮށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.