އިޔާޒު އާޒިމަށް: ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާ ޚިލާފުވީ މީހެއް ބަލަން ސްޕްރީމްކޯޓަށް ވަޑައިގަންނަވާ!

އިޔާޒު އާޒިމަށް: ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާ ޚިލާފުވީ މީހެއް ބަލަން ސްޕްރީމްކޯޓަށް ވަޑައިގަންނަވާ!

Author
ޢަލީ އާދަމް
26 ޑިސެމްބަރ 2020 06:37
0

ދީނީ އެއްބައިވަންތަކަމުގެ ޤަނޫނާއި ޚިލާފުވީ ޝައިޚު ޑރ. މުޙައްމަދު އިޔާޒުތޯ ނޫނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުތޯ ބެއްލެވުމަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަން ޑރ. އިޔާޒް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމަށް ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ދޭހަވާ އިބާރާތަކުން ޑރ. އިޔާޒު ސިފަ ކުރައްވައި ދެއްކެވި ވާހަތަކަކީ ދީނީ އެއްބައިވަންތަކަމުގެ ޤަނޫނާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވުމުން އެކަމަށް ރައްދުދެއްވާ އިޔާޒް ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ސިފަ ކުރައްވާފައި ވަނީ މެމްބަރު ޢަލީ އާޒިމްމެންގެ ޕަޕެޓެއްގެ ގޮތުގައެވެ.

މީގެ އިތުރުން އާޒިމަށް ރައްދު ދެއްވަމުން އިޔާޒް ވިދާޅުވީ އިސްލާމް ދީނާދެކޮޅު ކަންތައްކޮށް އެކަމަށް ހިތްވަރުދީ، އެކަން ފަތުރަން މަސައްކަތް ކުރަނީ ދީނުގެ އަދުއްވުން ކަމަށެވެ.

" މުޙައްމަދު ނަޝީދުގެ ފަރާތުން އެފަދަ ކަންތައް ވަނީ ތަކުރާރުވެފަ"

– ޑރ. އިޔާޒްގެ ޓްވީޓްގައި ބުނެފައިވެއެވެ.

ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ގެ ތަހުނިޔާ އެދުވަސް ފާހަގަކުރާ އެންމެނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންނެވުމާއި ގުޅިގެން ދީނީ އިލްމުވެރިން ދަނީ މިމައްސަލާގައި އެބޭފުޅުން ދެކޭގޮތުގައި ރައުޔުނެރެ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. ރައީސް ނަޝީދު، ކްރިސްމަސް ފާހަގަކުރާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެފައިވާއިރު ރާއްޖޭގެ ސިޔާސީ އެހެން އެއްވެސް ބޭފުޅަކު މިދުވަހާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. އަދި މިދުވަހަކީ އިސްލާމްދީނުގައި ފާހަގަކުރުން ހުއްދަކުރާ ދުވަހަކަށް ނުވާއިރު، މިކަމުގައި ބައިވެރިނުވުމަށް ދުރާލައި އިލްމުވެރިން ދިޔައީ އިލްތިމާސް ކުރަމުންނެވެ.

ރައީސް ނަޝީދު މިދުވަސް ފާހަގަކުރުމަށް ކޮށްފައިވާ ޓްވީޓާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ މީގެކުރިންވެސް ތިމާގެ ނުލަފާކަމާއި، ތިމާގެ ޕާޓީ މީހުން ނޫން މީހުންނަށް ތިމަންނާގެ ފަރާތުން ކަމެއް ނުވާނެކަމަށްބުނެ ވާހަކަ ދައްކައި ދީނަށް ހަޖޫހަޖާފައިވާ ބޭފުޅަކު އިދިކޮޅު ދީނެއްގެ އަޤީދާ ޤަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔަމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތުންކަމުގައެވެ.

އިޔާޒުގެ މިވާހަތަކާއި ގުޅިގެން އަލީ އާޒިމް ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމްދީނަށް ލޯބިކުރާ އިސްލާމްދީން ޤަބޫލުކޮށް، ދީނަށް އުޅުއްވާ ބޭފުޅެއްކަމަށެވެ. އަދި އިޔާޒުގެ ވާހަތަކަކީ ދީނީ އެއްބައިވަންތަކުގެ ޤާނޫނާއި ޚިލާފަށް ދެއްކެވި ވާހަކަތަކެއްކަމަށް އާޒިމްވަނީ ވިދާޅުވެ، އިޔާޒު ހެއްދެވީ ބޮޑު ގޯހެއްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙުސައިން
ހާދަހެއްވައެވެ. ލާދީނީ މީހާ ކުރިކަންތައް ގޯސްކަމަށްބުނުމުން ދީނީ ޢިލްމުވެރިޔާ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާ ޚިލާފުވީކަމަށް ޕަޕެޓުންތައް ބުނަން ފަށައިފިއެވެ.
H Hum
Thiaa zimakee yahoodhee eh eynakah nukereyne koatadhaakahves maafuhpanee ehaahihvareh huregenehnoon iyaazu ennethankolhehves ekaha nulafaa meehunnakah dhookuraane kameh neh.