މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ވަޅި ގެންގުޅުނު ދެމީހަކު 15 ދުވަހަށް ބަންދު ކޮށްފި

މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ވަޅި ގެންގުޅުނު ދެމީހަކު 15 ދުވަހަށް ބަންދު ކޮށްފި

ގުޅުންހުރި

މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ވަޅި ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ކްރިމިނަލް ކޯޓުގެ އަމުރަކުން 15 ދުވަހަށް ބަންދުކޮށްފިއެވެ.

މި ދެ މީހުން ވަޅި ގަތްކަމަށް ބެލެވެނީ ލަގްޒަރީ ފިހާރައަކުންނެވެ. އަދި އޭގެ ފަހުން ރޫޓުގެ ފިހާރައަކުން ޒިޕޯ ފްލުއިޑް ގަތްކަމަށްވެސް ތުހުމަތުކުރެވެއެވެ.

ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި އެ ދެ ތަނުން ވަޅިއާއި ފްލުއިޑް ގަތްކަމުގެ ރަސީދު ހިމެނެއެވެ. މި މައްސަލައިގައި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު، ކޯޓުން ނިންމީ އެ ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށެވެ.

އަދިވެސް ތަޙުޤީޤަށް އެނގިފައިނުވަނީ މި ދެ މީހުން ވަޅި ގަތް ސީދާ ސަބަބެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަޙުޤީޤުތައް ކުރިއަށްދާއިރު، އާންމު ތަންތަނުގައި ހަތިޔާރު ގެންގުޅުމުގެ ނުރައްކާތެރިކަމާމެދު ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ